ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"ވާނުވާ" މައްސަލަތަކަށް ހައްލު ހޯދުމަށް އިސްލާހު ހުށަހަޅައިފި!
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރާ މައްސަލަތަކަށް ހައްލު ހޯދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
Advertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރުމަށް ފަނޑިޔާރަކު ނިންމައިފިކަމަށް ވާނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖާ ކުރަންޖެހޭނެ ކަމަށެވެ. 

މި އިސްލާހަށް ތާއިދުކޮށް ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ވާނުވާޖެހޭ މީހުންގެ މައްސަަލަތައް 30 ދުވަހުން ރިވިއުކުރާ ގޮތަށް އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. ޝަރީފް ވިދާޅުވީ ޖަލުގައި މިހާރު ތިބި މީހުންގެ ތެރެއިންވެސް އެންމެބޮޑަށް އަންނަ ޝަކުވާއަކީ ވާނުވާގެ މައްސަލަތަކުގައި އަންނަ ޝަކުވާކަމަށެވެ. ޝަރީފް ވިދާޅުވީ ވާނުވާގައި މީހަކު ގިނަ ދުވަހު ހުރެ ފަހުން އެމީހެއްގެ މައްޗަށް މައްސަލަ ސާބޮތު ނުވާކަމަށް ހުކުމް ކުރުމުން ގެއްލިގެންދަނީ އެމީހާގެ ބޮޑު ހައްގެއް ކަމަށެވެ. 

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ވާނުވާ މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ މީހުނަށް ލުއި ހޯދައިދިނުމަށް ހުށަހަޅާފައިވާ އިސްލާހަށް ވަރަށް ބޮޑަށް ތާއީދު ކުރާކަމަށެވެ. 

"ކޮންމެ 30 ދުވަހަކުން ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރުކޮށް އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭތޯ، އެފަދަ ސަބަބެއް އޮތްތޯ ބެލުން އެއީ ވަރަށް މުހިންމު ކަމެއް."

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާނުވާގެ މައްސަލަތަކާއި ގުޅޭގޮތުން ވަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖާކުރަންޖެހޭނެކަމަށެވެ. އަދި އެމީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޒިރު ކުރަންވާނެ ކަމަށެވެ. 

މީގެ އިތުރުން ހަމަ އެމާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައ ިބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅޭނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް