ads
ނައިސާ އަދި އޭނާގެ ބައްޕަ އަޖޭ
އަޖޭގެ ދަރިފުޅު ލަންޑަނުގައި ޕާޓީ ކުރަނީ
ނައިސާ ދޭވްގަން އަކީ ބޮލީވުޑުގެ މަޝްހޫރު ދެ ތަރިންކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދޮށީ ދަރިފުޅެވެ. ނައިސާ އަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ތަރިއެކެވެ. އިންސްޓަގްރާމްގައި އޭނާގެ 1.5 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އެންމެ ފަހުން މި ފެނުނީ އޭނާ ލަންޑަނުގެ ކުލަބެއްގައި ގަދައަށް "ޕާޓީ" ކުރަނިކޮށެވެ.
Advertisement

ބޮލީވުޑްގެ ފަންނާނުން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދަރިފުޅު ނައިސާ ދޭވްގަން މިހާރު އުޅެނީ ޗުއްޓީ ހޭދަކުރުމަށް ލަންޑަނަށް ގޮސްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ލަންޑަންގެ ކްލަބެއްގައި އެކުވެރިންނާ އެކު ޕާޓީ ކުރާތަން ފެނިފައިވެ އެވެ.

ކަޅުކުލައިގެ ހެދުމެއްގައި ނައިސާ ފެނުނެވެ. އަދި އިސްތަށިގަނޑު ސްޓައިލްކޮށްފައި ވަނީ ސްލީކް ޕޮނީޓޭލް އަކުންނެވެ.

ނައިސާގެ ރައްޓެހިން ވަނީ އެރޭގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ތަސްވީރުތަކުން ފެންނަނީ ނައިސާ ނަށައި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުންދާތަނެވެ.

ނައިސާ މިހާރު ކިޔަވަމުން އަންނަނީ ލަންޑަންގައެވެ. އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ އާއި ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވަމުން ގެންދާއިރު، މިއަހަރު ގްރެޖުއޭޓްވާނެ ކަމަށް ބެލެވެ އެވެ.

ނައިސާ ވަނީ އޭނާގެ މައިންބަފައިންގެ ފިޔަވަޅުމަތީގައި ބޮލީވުޑްގައި ކެރިއަރެއް އުފެއްދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެ ކުރިން ވެސް ފިލްމުތަކާއި މިއުޒިކް ވީޑިއޯތަކުން މަދު ފަހަރަކު އޭނާ ފެނިގެން ގޮސްފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް