ސްޓެލްކޯއިން ބުނީ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހެޑް އޮފީހަށާއި މާލޭ އިންޖީނުގެއަށް މިދިޔަ ހޮނިހިރު ދުވަހު ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މަޖީދިއްޔާ ސްކޫލުގެ 100 އަށް ވުރެ ގިނަ ދަރިވަރުން ފަސް ސެޝަނަކަށް ބަހާލައިގެން ސްޓެލްކޯގެ ހެޑް އޮފީހަށާއި މާލޭ އިންޖީނުގެއަށް ކުރި ޒިޔާރަތުގައި އެ ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ދަނީ އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ކޮލެޖުތަކާއި ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ މާޗް މަހު ސްޓެލްކޯއަށް ޒިޔާރަތް ކުރި ވިލާ ކޮލެޖުގެ ދަރިވަރުންނަށް އެ ކުންފުންޏާ ގުޅޭ މައުލޫމާތު ވަނީ ދީފައެވެ.
ވިލާ ކޮލެޖުން ބުނެފައިވަނީ އެ ކޮލެޖުގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، މެކަޓްރޮނިކްސް އެންޑް މެކޭނިކަލް ކިޔަވަމުންދާ ދަރިވަރުން ސްޓެލްކޯއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ޒިޔާރަތުގެ ތެރެއިން ދަރިވަރުންނަށް އިލެކްޓްރިކް ޕަވަ ސިސްޓަމްތަކާއި ޓްރާންސްމިޝަން ލައިން ޕެރަމިޓަސް އަދި ސްކާޑާ ސިސްޓަމްތަކުގެ އިތުރުން ދާއިރާ އާ ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު ސްޓެލްކޯގެ ފަރާތުން ދީފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް މިދިޔަ މާޗް މަހު އެ ކުންފުނީގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަލާފާނު ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގެ ތެރެއިން އެ ކުންފުނީގެ އިންޖީނުގެ ދައްކާލާފައިވާ ކަމަށެވެ. ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ ހެޑް އޮފީހަށް ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް ޒިޔާރަތް ކޮށްފައިވާއިރު، ހަމަ އެ މަހު ގާޒީ ސުކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހުޅުމާލެ އިންޖީނުގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނީ ގާޒީ ސުކޫލުގެ ދަރިވަރުން އެ އިންޖީނުގެއަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ދަރިވަރުންނަށް ހުޅުމާލެ އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ބެހޭ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމުގައެވެ.
ފެބްރުއަރީ މަހު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހެޑް އޮފީހަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ދެ ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތްތަކުގެ ތެރެއިން އެ ދަރިވަރުންނަށް އެ ކުންފުނީގެ އިންޖީނުގެ ދައްކާލާފައިވާ ކަމުގައެވެ. ދަރިވަރުންނަށް އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކުންފުންޏާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުންތަކެއް އެ ކުންފުނީގެ ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ދަރިވަރުންގެ އެ ޒިޔާރަތުގައި އިންޖީނުގެ ދައްކާލުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި ސްޓެލްކޯ އާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.