ads
ދިގުރަށުގައި މަދިރި އަލާވާ ތަންތަން ނައްތާލުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ
ދިގުރަށުގައި މަދިރި އަލާވާ ތަންތަން ނައްތާލުމަށް ސްޓެލްކޯއިން ބައިވެރިވެއްޖެ
އދ. ދިގުރަށުގައި މަދިރި އުފެދި، އަލާވާ ތަންތަން ނައްތާލުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބައިވެެރިވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިގުރަށުގެ މުއައްސަސާތައް ގުޅިގެން އެ ރަށުގައި މަދިރި އުފެދި، އަލާވާ ތަންތަން ނައްތާލުމަށް ހިންގި ހަރަކާތުގައި އެ ކުންފުނީގެ ދިގުރަށު އިންޖީނުގޭގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ދިގުރަށުގައި މަދިރި އުފެދި، އަލާވާ ތަންތަން ނައްތާލުމުގައި ސްޓެލްކޯއިން ބައިވެރިވެފައިވާއިރު، އެ ކުންފުނިން ބުނެފައިވަނީ ‏ކ. މާފުށީ ކައުންސިލާއި މާފުށީ ސިއްހީމަރުކަޒު ގުޅިގެން ރަށު ތެރޭގައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަށް ބޭއްވި ހަރަކާތުގައި އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

‏ކ. ދިއްފުށީ ކައުންސިލާއި ސިއްހީ މަރުކަޒާއި ސްކޫލުގެ އިތުރުން އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ގުޅިގެން ވަނީ ރަށުގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ގޮތުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

your imageދިގުރަށުގައި މަދިރި އަލާވާ ތަންތަން ނައްތާލުމުގައި ސްޓެލްކޯއިން ބައިވެރިވުން - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯއިން މީގެކުރިންވެސް ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ރަށްރަށުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން އދ. އޮމަދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމުގައި އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ކ. ހިންމަފުށީ ކައުންސިލުގެ ފަރާތުން އެ ރަށުގެ ދެ ގޮނޑުދޮށެއް ސާފުކުރުމަށް ހިންގި ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.

މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވޭ މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް އޮންނަކަމީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް