ads
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި އިދިކޮޅު މެންބަރުންތަކެއް އަޑުގަދަ ކުރަނީ. -- ފޮޓޯ: މަޖިލިސް
ތިން މެންބަރަކު މަޖިލީހުން ބޭރުކޮށް މަޖިލިސް މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ތިން މެންބަރެއްގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލު ކުރުމުގެ ބައިގައި ހޯމް މިނިސްޓަރު އިމްރާނާއި ސުވާލު ކުރައްވަން ފެއްޓެވެމުން އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ވަނީ އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ. 

ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޒް ހޯމް މިނިސްޓަރު އިމްރާނާއި ކޮށްފައި ސުވާލަކީ މިސަރުކާރުން މީހުން ދިރިއުޅޭ 61 ރަށުގައި ޕޮލިސް ސްޓޭޝަން ޢިމާރާތްކުރަން ނިންމަވައި، އޭގެ އޭގެ ތެރޭގައި ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން ހިމެނޭ ކަމަށް މިނިސްޓަރ އިމްރާން 2022 ވަނަ އަހަރު ވިދާޅުވި ނަމަވެސް އެކަން ފެށިފައި ނުވަނީ ކީއްވެތޯ އެވެ. 

ސުވާލުގެ ޖަވާބު ދެއްވަމުން ގެންދެވި ގަޑީ ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ޔާމީނަށް ނުހައްގުން ވަރަށް ބޮޑަށް އަނިޔާ ކުރާ ކަމަށް ބުނެ އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ. 

ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ އަޑުގަދަކޮށް އިމްރާން އިންނެވި މޭޒު ކައިރިއަށް ގޮސްފަ އެވެ. 

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މި ތިން ބޭފުޅުންގެ ނަން އިއްވާ މަޖިލީހުން ނިކުތުމަށް އަންގާފަ އެވެ. އަދި ކުޑަ ވަގުތު ކޮޅަކަށް މަޖިލިސް މެދު ކަނޑާލި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް