ads
ޗައިނާގެ ސަފީރުކަމަށް ރައީސް ސޯލިހު އައްޔަން ކުރަން ނިންމާފައިވާ ހުދާ އަލީ ޝަރީފް.
ޗައިނާގެ ސަފީރުކަމަށް ހުދާ އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާ ސަފީރެއްގެ ގޮތުގައި ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުން އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ޗައިނާގެ ސަފީރުކަމަށް ހުދާ އަލީ ޝަރީފް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. 

ޗައިނާގެ ސަފީރުކަމަށް ހުދާ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް ސޯލިހު ވަނީ ދެ ސިޓީ ފުޅެއް ފޮނުއްވާފަ އެވެ. ފުރަތަމަ ސިޓީފުޅުގައި ލިޔުމުގެ ކުށެއް އޮވެގެން ވަރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. 

ރައީސް ސޯލިހު ފުރަތަމަ ފޮނުއްވި ސިޓީ ފުޅުގައި "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ގެ ބަދަލުގައި "ރިޕަބްލިކް އޮފް ޗައިނާ" ޖެހުމުން ސިޓީގައި ބުނާ ގައުމު ވަނީ އޮޅިފަ އެވެ. "ރިޕަބްލިކް އޮފް ޗައިނާ" އަކީ ޗައިނާގެ މައި ސަރުކާރުން ވަކިވެ އެހެން ދައުލަތެއް ގާއިމު ކުރަން މަސައްކަތް ކުރަމުންދާ ޓައިވާންއަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ.

ރާއްޖެއަކީ އެއްވެސް އިރެއްގައި ޓައިވާން އަކީ ވަކި ގައުމެއްގެ ގޮތުގައި ގަބޫލު ކުރާ ގައުމެއް ނޫނެވެ. އަދި ޓައިވާން އާއި އެއްވެސް ހާރިޖީ ގުޅުމެއްވެސް ބާއްވާ ގައުމެއް ނޫނެވެ. ރާއްޖެއިން ގަބޫލު ކުރަމުން އަންނަނީ ޗައިނާގެ މައި ސަރުކާރުން ގެންގުޅޭ "ވަން ޗައިނާ" ސިޔާސަތެވެ. 

ފޮރިން މިނިސްޓްރީން ވަނީ ސިޓީގައި ލިޔުމުގެ ކުށެއް ޖެހުމުން ޗައިނާގެ ކިބައިން މާފަށްވެސް އެދިފަ އެވެ.

މަޖިލީހުގައި މިއަދު އިއްވި ސިޓީފުޅަކީ ރައީސް ސޯލިހު، ލިޔުމުގެ ކުށް ރަނގަޅު ކުރެއްވުމަށްފަހު ފޮނުއްވި ސިޓީފުޅެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް