ads
ނައިފަރުގައި ފެން ހިންދަނީ
ކުޑަވަގުތުކޮޅެއްގެ ތެރޭ ނައިފަރުގައި ފެންބޮޑުވެ ގެއްލުން ވެއްޖެ
ރޭ ފަތިހު ވެހުނު ވާރޭގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭ ޅ ނައިފަރުގައި ފެންބޮޑުވެ ގެއްލުން ތަކެއް ވެއްޖެއެވެ.

ނައިފަރު ކައުންސިލް ރައީސް މުހައްމަދު ރަޝީދު ސީއެންއެމްއަށް ވިދާޅުވީފަތިހު ވެހެން ފެށި ވާރޭ ހުއްޓާލީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. 

ކައުންސިލުން ވިދާޅުވީ ސްކޫލްތަކާއި މިސްކިތް ތަކާއި ގޭގޭގައި ފެންބޮޑުވި ކަމަށާއި އެހެންނަމަވެސް މިހާރު ގިނަ ބައެއްގެ އެހީތެރިކަމާއެކު ފެން ހިންދާލެވިފައިވާ ކަމަށެވެ. 

"މިހާރު އާންމު ހާލަތަކަށް ގެނެވިއްޖެ. މަޑިވަރު އެއާޕޯޓާ އެމްއެންޑީއެފްގެ އެހީތެރިކަން ވަރަށް ބޮޑަށް މިކަމުގައި ލިބުނު" - މިހައްމަދު ރަޝީދު

ރަޝީދު ވިދާޅުވީ އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އަދި ފުރިހަމަ ކުރެވިފައި ނުވާ ކަމަށާއި އެހެންނަމަވެސް ނަރުދަމާ ނޮިޒާމުގެ ކަނެކްންތައް ގޭގެއަށް ގުޅަން ތައްޔާރު ވެފައިވާ ކަމަށެވެ.

އެރަށުގެ ބައެއް ގޭގެއަށް ފެންވަދެފައިވާއިރު ކައުންސިލުން ބުނީ އޭގެތެރެއިން އެއްގައި މީހުން ނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖެއްށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއެކު، މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެލާޓް ނެރެފަ އެވެ.


50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް