ads
ސިވިލް އިންޖިނިއަރިން ޕްރޮގްރާމްތަކުގެ އެކަޑެމިކް ސްޓޭންޑާޑް އެކުލަވާލުމަށް އެމްއެންޔޫ އާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ސިވިލް އިންޖިނިއަރިން ޕްރޮގްރާމްތަކުގެ އެކަޑެމިކް ސްޓޭންޑާޑް އެކުލަވާލުން އެމްއެންޔޫއަށް
ސިވިލް އިންޖިނިއަރިން ޕްރޮގްރާމްތަކުގެ އެކަޑެމިކް ސްޓޭންޑާޑް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ހަވާލުކޮށްފިއެވެ.

ސިވިލް އިންޖިނިއަރިން ޕްރޮގްރާމްތަކުގެ އެކަޑެމިކް ސްޓޭންޑާޑް އެކުލަވާލުމަށް އެމްއެންޔޫ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ތަލްހަތެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ރާއްޖޭގައި ހިންގާ ސިވިލް އިންޖިނިއަރިން ޕްރޮގްރާމްތަކުގެ މިންގަނޑު އެކުލަވާލުން

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްއެންޔޫ އާ ހަވާލުކޮށްފައިވަނީ 387،000 ރުފިޔާއަށް އެއް މަހާއި ހަތަރު ހަފުތާގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް