ads
ދާންދޫ
ދާންދޫ ޕޮލިހުން ފިލިމީހާ ހައްޔަރުކޮށްފި
ގއ ދާންދޫ ޕޮލިސް ސްޓޭޝަނުން ރޭ ފިލިމީހާ ހޯދާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފިލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ހާޒިރުކުރި މީހެއްކަމަށެވެ. އޭނާ ފިލީ ރޭ ދަންވަރު 12:57 އެހާއިރުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ހޯދާ މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލާގައި ފުލުހުން އަދި އިތުރު ތަފްސީލެއް ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް