ads
އައްބާސް އަދި ރައީސް ޔާމީން
އައްބާސް އާދިލް ރިޒާގެ މައްސަލަ މާދަމާއަށް އަނެއްކާވެސް ތާވަލުކޮށްފި
އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި، ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާގެ މައްސަލައިގެ އަޑު އެހުމެއް މާދަމާ އަނެއްކާވެސް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އޮންލައިންކޮށް މި މައްސަލައިގެ އަޑު އެހުމެއް ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހަށެވެ.

އައްބާސްއާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑު އެހުންތައް ބޭއްވުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރިނަމަވެސް ކޮންމެ ފަހަރަކުވެސް މައްސލަަ ކެންސަލްވެފައުވަނީ އައްބާސް ކޯޓަށް ހާޒިރު ނުވެގެންނެވެ.

އައްބާސްގެ މައްޗަށް، ދައުލަތުން އުފުލާފައިބަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ. އެއީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމަށް ބުނެ އެވެ. 

ދައުލަތުންކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް