ads
މިނިސްޓަރު އިމްރާން މަޖިލީހުގެ ޖަލްސާގައި: ފޮޓޯ މަޖިލިސް
ޕޮލިސް ސްޓޭޝަންތައް އަޅަން ފައިސާއެއް ނެތް: އިމްރާން
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމު ކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށް ނުދަނީ ފައިސާ ނެތިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރާއްޖެގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. 

އަދި މިއީ 2021 ވަނަ އަހަރު ހަމަ ޖެހުނު މަޝްރޫއެއްކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އިމްރާން ވިދާޅުވީ އެގްޒިމް ބޭންކުން އަދިވެސް ފައިސާ ހަމަ ނުޖެހޭ ކަމަށެވެ. ފައިސާގެ ކަންކަން ހަމަޖެހުމުން މިއަހަރުގެ ތެރޭގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަޝްރޫ ފެށިގެންދާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އުއްމީދު ކުރަނީ މިއަހަރުގެ ތެރޭގައި މި ފައިނޭންސްގެ ކަންކަން ހަމަޖެހޭނެ ކަމަށް." - އިމްރާން

ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ އެވެ. 

މި މަޝްރޫގެ އަގަކީ 48 މިލިއަން ޑޮލަރެވެ. 2021 ވަނަ އަހަރު އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

އިމްރާން ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ތަސައްވަރެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް