ads
ހަންގޭރީން ރާއްޖެ ކަނޑައަޅުއްވާފައިވާ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވަނީ. -- ފޮޓޯ: ރައީސް އޮފީސް
ހަތަރު ދާއިރާއަކުން ހަންގޭރީއާއި އެކު ރާއްޖެއިން ގުޅުން ބަދަހި ކުރަނީ
ރާއްޖެއާއި ހަންގޭރީއާއި ދެމެދު ހަތަރު ދާއިރާއަކުން ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ދެގައުމުންވެސް ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ ހަންގޭރީން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ އިސްޓްވާން ސްޒާބޯ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގަ އެވެ. 

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަތީ ތައުލީމުގެ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިގްތިސޯދުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފަ އެވެ. 

ރައީސް ސޯލިހު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަ ކުރައްވާ ދެ ގައުމުގެ އިސްވެރިންގެ ޒިޔާރާތްތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ސޯލިހާއި ހަންގޭރީ ސަފީރުވަނީ ދެގައުމުގެ ގުޅުން ކުރިއަށް އޮތްތާ އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

މީގެ އިތުރުން މިއަހަރަކީ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރިތާ 48 އަހަރު ފުރޭ އަހަރުކަން ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް