
އަންހެން ވޮލީ ޓީމު ނޭޕާލުގައި
އަންހެން ވޮލީ ޓީމު ފުރަތަމަ މެޗުން ބަލިވެއްޖެ
ސްޕޯޓްސް ޓީމް
22 މޭ 2023 - 21:48:20
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ކަޒަކިސްތާން އަތުން ބަލިވެއެއްޖެއެވެ.
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕު ފެށުނީ ނޭޕާލުގެ ކަތަމަންޑޫގައި މިއަދުއެވެ.
މުބާރާތުގައި ކަޒަކިސްތާނާ ދެކޮޅަށް މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ކަޒަކިސްތާނުން މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-14 އަދި 25-6 އިންނެވެ.
ރާއްޖެ އާއި ކަޒަކިސްތާނު ހިމެނޭ ގުރޫޕް ބީގައި ދެން ހިމެނެނީ ސްރީ ލަންކާ އާއި އުޒްބަކިސްތާނެވެ. އުޒްބަކިސްތާނާ ލަންކާ މިއަދު ކުޅުނު މެޗުން އުޒްބަކިސްތާން މޮޅުވީ ތިން ސެޓުންނެވެ. އެއީ 27-25، 25-20 އަދި 25-14 އިންނެވެ.
ރާއްޖޭން ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި ކުޅޭނީ އުޒަބަކިސްތާނާ ދެކޮޅަށެވެ. މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 5:45 ގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް