ޓްރާންސްފަރ ރިޕޯޓްތައް ބުނާ ގޮތުން ވްލާހޮވިޗަށް ބިޑް ކުރަން ޔުނައިޓެޑުން މިހާރުވަނީ ރަސްމީކޮށް މަސައްކަތް ފަށާފައެވެ.
އުމުރުން 23 އަހަރުގެ ވްލާހޮވިޗް ޔުނައިޓެޑުގެ ޓާގެޓަށް އެރިއިރު، ޗެލްސީއިންވެސް އަންނަނީ ޔުވެންޓަސްގެ ކުރިޔަށް ކުޅޭ ޑޫސާން ވްލާހޮވިޗް ގެންނަން މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ޔުނައިޓެޑަށް އޮތް އެޑްވާންޓޭޖަކީ ޗެމްޕިއަންސް ލީގުގެ ފުރުސަތު ފަހިވެފައި އޮތުމުގެ އެޑްވާންޓޭޖެވެ. ވްލާހޮވިޗް ބޭނުންވަނީ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ބަދަލުވާށެވެ.
ވްލާހޮވިޗްއަކީ 2022 ވަނަ އަހަރު ފިއޮރެންޓީނާ އިން ޖުވެންޓަސް އަށް ބަދަލުވި ކުޅުންތެރިއެކެވެ. ޔުވެންޓަސް އަށް ކުޅެދިން 62 މެޗުން ވްލާހޮވިޗް ވަނީ 23 ލަނޑު ޖަހާފައެވެ.