ads
ރާއްޖޭގެ ރަށެއް
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގާޒީ ގުޅާ މައްސަލަ ޖޭއެސްސީއަށް
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގާޒީ ގުޅާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފިއެވެ.
Advertisement

އުތުުރުގެ ރަށެއްގައި ހިނގި މި ހާދިސާގައި ވަރިވާން ކޯޓަށް ދިޔަ އަންހެން މީހާއަށް މައްސަލަ ބަލާ ގާޒީ ގުޅައި، މައްސަލަ ނިންމަންވީ ކިހިނެތްތޯ އަހައި އަދި އެ ނޫންވެސް ދެމަފިރިންގެ ޒާތީ ދިރިއުޅުމާ ގުޅޭ ވާހަކަތައް ޝަރީއަތުގެ ބޭރުން ގާޒީ ހޯދަން އުޅުނު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި މައްސަލައާ ގުޅިގެން ޖޭއެސްސީން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ. ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ހުށަހެޅުނަސް ސުލޫކީ މައްސަލައެއް ސާބިތުނުވާހާ ހިނދަކު އެ މައުލޫމާތު މިހާރު ޖޭއެސްސީން އާއްމެއް ނުކުރެއެވެ. 

ޖޭއެސްސީން މި މައްސަލައިގައި ވާހަކަ ދައްކާފައި ނެތަސް، މި ގާޒީގެ މިފަދަ އެހެން މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. 

މީގެ އިތުރުން ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި، ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލުތައް ފާޅުކުރާ މައްސަލައެއް މި ގާޒީއާ ގުޅޭ ގޮތުން ކުރިން ޖޭއެސްސީން ބަލައި ފިޔަވަޅުވެސް އެޅިއެވެ. 

ވަރިވާން ހުށަހެޅި އަންހެނަކަށް ގާޒީ ގުޅި މައްސަލައިގައި އެ އަންހެން މީހާގެ ފިރިމީހާ ގާޒީއަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްވެސް ކޯޓުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބައެއް ރިޕޯޓްތައްވަނީ ލިބިފައެވެ.

43%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް