ads
ކުނި ބިލު ކަރަންޓު ބިލާ އެއްކޮށްލައިގެން ފޮނުވާނެ މިންގަނޑެއް ކަނޑައަޅައި، ކަރަންޓު ބިލަށް 34 ކަރަންޓު ބިލަށް 34 ޔުނިޓު ނާރާ ގެތަކަށް ކުނީގެ ބިލް ނުފޮނުވަން ވެމްކޯއިން ވަނީ ނިންމާފައި - ފޮޓޯ:ރާއްޖެއެމްވީ
ކަރަންޓު ބިލަށް 34 ޔުނިޓު ނާރާ ގެތަކަށް ކުނީގެ ބިލް ނުފޮނުވާނެ: ވެމްކޯ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ކުނި ބިލު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކަރަންޓު ބިލާ އެއްކޮށްލައިގެން ފޮނުވާނެ މިންގަނޑެއް ކަނޑައަޅައި، ކަރަންޓު ބިލަށް 34 ކަރަންޓު ބިލަށް 34 ޔުނިޓު ނާރާ ގެތަކަށް ކުނީގެ ބިލް ނުފޮނުވަން ވެމްކޯއިން ނިންމައިފިއެވެ.

މި ފެށޭ މަހުން ފެށިގެން ކުނި ބިލާއި ކަރަންޓު ބިލް އެއްކޮށްލައިގެން ފޮނުވަން ނިންމައި މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާފައިވާ ނަމަ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ބަލާނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ވެމްކޯއިން ނޫސްވެރިންނަށް ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެފައިވަނީ މިންކުރުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަނޑައަޅާފައިވާ އަދަދަކީ 34 ޔުނިޓު ކަމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު 34 ޔުނިޓަށް ވުރެ ދަށް ނަމަ އެ މަހަކު އެ ގެޔަކަށް ވެމްކޯއިން ބިލް ނުކުރާނެ ކަމަށެވެ. 

އެހެންނަމަވެސް 34 ޔުނިޓަށް ވުރެ އިތުރުވެއްޖެ ނަމަ ވެމްކޯގެ ބިލް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިރާޖް ވިދާޅުވީ އާންމު ގޭބިސީތަކުގައި ވެމްކޯގެ ބިލް ސްޓެލްކޯގެ ބިލާ އެއްކޮށް ޓައި ވާ ގޮތަށް ހުރި ނަމަވެސް ވިޔަފާރި ބޭނުމަށް ބޭނުންކުރާ ތަންތަނުގެ ދެ ބިލް އެއްކޮށްލެވޭނީ ރަޖިސްޓްރީ ކުރުމުން ކަމަށެވެ.

ސިރާޖް ވިދާޅުވީ އެއް މީޓަރަށް ވުރެ ގިނަ މީޓަރު ހުންނަ ގޭގެއިން ވެމްކޯއިން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމުން އެ ކޯޕަރޭޝަނުގެ ޓީމަކުން ސާވޭ ކުރަން ދާނެ ކަމަށެވެ. ސާވޭއަށް ފަހު އެއީ އެއް އާއިލާއެއް ދިރިއުޅެމުންދާ ތަނެއް ކަމަށް ފެންނަ ނަމަ އެތަނަކަށް ޗާޖު ކުރާނީ އެއް ގޭބިސީއަށް ވާ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނީގެ ހިދުމަތަށް އެ ކޯޕަރޭޝަނުން ނަގަމުން އަންނަ ފީ އަކީ މިވަގުތުގެ އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވާ ފީއެއް ނޫންކަން ފާހަގަކުރައްވާ ސިރާޖް ވިދާޅުވީ މިވަގުތަށް ފީއެއް ނަގާ ނަމަ ކޮންމެ ގޭބީސީއަކުން 350 ރުފިޔާ ނަގަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ނިންމާފައިވަނީ ކުނީގެ ހިދުމަތަށް ނަގާ ފީ ގެ އަގު ބޮޑު ނުކުރުމަށް ކަމަށް ވުމުން ފީ ގެ ގޮތުގައި ނަގާނީ 150 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވި ގޮތުގައި އަންނަ މަހު ސްޓެލްކޯގެ ބިލް ދޫކުރާއިރު އެ ބިލާ އެކު ވެމްކޯގެ އެޕްރީލް މަހުގެ ބިލުވެސް ހިމެނޭނެ ކަމުގައެވެ. އާންމު ގޮތެއްގައި ސްޓެލްކޯގެ ބިލުތައް ތައްޔާރުކޮށްފައި ހުންނަނީ އެއް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަނެއް މަހުގެ 20 ވަނަ ދުވަހަށް ކަމަށާއި ސްޓެލްކޯގެ ބިލަކީ 28 ދުވަހަށް ހިނގާ ބިލަކަށް ވާ ނަމަ، ވެމްކޯގެ ބިލުވެސް އިންނާނީ 28 ދުވަހަށް ކަމަށް ސިރާޖް ވިދާޅުވިއެވެ.

ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93 ރުފިޔާ ކަމަށެވެ. އެއީ އަހަރަކަށް ޖެހޭ މިންވަރު 1،800 ރުފިޔާ، 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް ޖެހޭ މިންވަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް