ads
މީހެއްގެ ހަށިގަނޑުގެ ތެރެއަށް ދިޔަކަމަށް ބުނާ ބުރުމާ ކަށި
ބުރުމާ ކައްޓެއް ހަށިގަނޑުގެ ތެރެއަށް ދިޔަ މައްސަލައެއް ހުށަހެޅިފައެއްނެތް: އައިޖީއެމްއެޗް
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސާޖަރީއެއް ހެދުމުގެ ތެރޭގައި ބުރުމާ ކައްޓެއް މީހެއްގެ ހަށިގަނޑުގެ ތެރެއަށް ދިޔަ މައްސަލައެއް ހުށހެޅިކަން އެނގިފައި ނެތްކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ އައިޖީއެމްއެޗްގައި ބަލިމީހުންގެ މައްސަލަތައް ހުށަހަޅަން ޖެހޭ ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި، އެއުސޫލުގެ ތެރެއިން އެފަދަ މައްސަލައެއް ހުށަހެޅިފައި އޮތްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ބަލާލާނަން އެފަދަ މައްސަލައެއް ހުށަހެޅިފައި ވޭތޯ. އަދިއެއް އަޅުގަނޑަކަށް ނޭގެ ހުށަހެޅިފައި އޮތްކަމެއް" - އައިޖީއެމްއެޗް

މުއާޒު ހަލީމް ކިޔާ މީހަކު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވަނީ އޭނާގެ އާއިލާގެ މެންބަރެއްގެ ހަށިގަނޑުގެ ތެރެއަށް އޮޕަރޭޝަނުގައި ބޭނުންކުރި ބުރުމާގެ ކައްޓެއް ބިންދައިގެން ގޮސް، ހަށިގަނޑުގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. 

އެޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭނާގެ އާއިލާގެ މެންބަރުގެ ކޮނޑު ކަށިގަނޑަށް ލިބުނު އަނިޔާ އަކާ ގުޅިގެން ބޯލްޓުތަކެއް ޖަހަން ޖެހުނު ކމަށާއި، އަދި އެ އޮޕަރޭޝަނުގައި ބޭނުންކުރި ޓޫލްގެ ކަށި ބިންދައިގެން ދިޔަކަން އެނގިފައިވާކަމަށެވެ.

އަދި ސާޖަރީއަށް އެތައް ދުވަހެއް ފަހުން އިއްޔެ އެނގިގެން ދިޔައީ ބިންދައިގެންދިޔަ ބުރުމާގެ ކަށި އޮތީ ހަށިގަނޑުގެ އެތެރޭގައި ކަމަށެވެ. 

އަދި އެކްސްރޭ ބެލުމަށްފަހު އެކަށިގަނޑު ހަށިގަނޑުގެ ތެރޭ އޮތަސް އޯކޭ ކަމަށޤ ޑަކްޓަރާ ހަވާލާ ދީ އެ ޕޯސްޓުގައި ބުނެފައި ވެއެވެ. 

"އިންސާނުންގެ ކައްޓަށް ޖަހާ ބޯލްޓު ހަދާފައި ހުންނަނީ އޯކޭ ވާގޮތަށް ކަން އެނގޭ. އެކަމަކު ބޯލްޓު ޖަހަން ގެންގުޅޭ ބުރުމާ ކަށި އެތެރެއަށޤ ދޫކޮށްލާފައި ފަހާލީމާ އެވިދާޅުވާ "އޯކޭ" ވުމަކީ ކޮބައިކަން އެނގޭ އެއްވެސް ޑަކްޓަރަކާ ދިމައެއް ނުވި" - މުއާޒުގެ ޕޯސްޓް

ދެން މިވާހަކަ ނުދައްކައި ތިބެންވީތޯވެސް މުއާޒު ސުވާލު ކޮށްފައި ވެއެވެ. ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗްއާ ބެހޭ ގޮތުން ދޭތެރެދޭތެރެއިން މީހުންގެ ޝަކުވާ އުފުލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް