ads
ފޭސް ބުކަކީ ވެސް މެޓާ ކުންފުނީގެ ޕްރޮޑަކްޓެއް
ޓްވިޓާއާއި ޓިކްޓޮކާ ވާދަކުރަން މެޓާއިން ޕްލެޓްފޯމެއް ތައާރަފްކުރަނީ
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިން 2023 ވަނަ އަހަރުގެ ޖޫން މަހު ޓްވިޓާ ކޮމްޕެޓިޓަރެއް ތައާރަފްކުރަން ރާވާފައިވާކަން ހާމަވެއްޖެއެވެ.

ކޯޑް ނަމެއް ކަމަށްވާ "އެކޯ" ގެ ނަމުން ނަންދީފައިވާ މި ޕްލެޓް ފޯމް ބިނާކޮށްފައިވަނީ ނެޓްވޯކުގައި ބޭނުންކުރާ މީހުންގެ ޕްރައިވެސީ އާއި ސައްހަކަން ކަށަވަރުކުރަން އިސްކަމެއް ދީގެންކަމަށް ރިޕޯޓުތައް ބުނެއެވެ. 

"އެކޯ" ފަރުމާކޮށްފައި ވަނީ ޓްވިޓާއަށް ވުރެ ޔޫޒަ ފްރެންޑްލީ އަދި މާ ޝައުގުވެރިގޮތަކަށްކަމަށް ރިޕޯޓުތައް ބުނެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ޕްލެޓްފޯމްގައި ގިނަ އަދަދެއްގެ އާ ފީޗާސްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި ބިލްޓް-އިން އޯޑިއޯ ޗެޓް ފަންކްޝަން އާއި މަތީ ފެންވަރުގެ ކޮންޓެންޓް ޕޯސްޓް ކުރާ ފަރާތްތަކަށް އިނާމު ދޭނެ "ރެޕިއުޓޭޝަން ސިސްޓަމް" ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެޓާ އިން އުންމީދު ކުރަނީ ޓްވިޓާގެ މިހާރުގެ ހާލަތާ މެދު މާޔޫސްވެފައިވާ ޔޫޒަރުން "އީކޯ" އަށް ޝައުގުވެރި ކުރުވޭނެ ކަމަށެވެ.

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމަކަށް ވެފައިވާ ޓިކްޓޮކާއި ވާދަކުރެވޭނެ ކަމަށް ވެސް މެޓާ އިން އުއްމީދު ކުރެއެވެ.

އީކޯގައި ހިމެނޭ ބައެއް ފީޗާސްތައް:

ބިލްޓް-އިން އޯޑިއޯ ޗެޓް ފަންކްޝަން އަދި ރަނގަޅު ފެންވަރުގެ ކޮންޓެންޓް ޕޯސްޓް ކުރުމުން ޔޫޒަރުންނަށް އިނާމު ދޭ "ރެޕިއުޓޭޝަން ސިސްޓަމެއް" ވެސް ހިމެނެއެވެ. 

ބޭނުންކުރާ މީހުންގެ ޕްރައިވެސީއާއި ސައްހަކަމަށް ފޯކަސް ކުރެވޭ. 

މި އަހަރުގެ ޖޫން މަހު އިކޯ ލޯންޗު ކުރާނަމަ ވާދަވެރި ސޯޝަލް މީޑިއާގެ މާހައުލުގައި އެކޯ ކުރިއަށްދާ ގޮތް ބަލާލަން ގިނަބަޔަކު ތިބީ ކެތްމަދުވެފައެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް