ads
ނައިންބޯލް ކާމިޔާބު ކުރި ކުޅުންތެރިން
ނައިން ބޯލް ޗެމްޕިއަންޝިޕް އަހްސަންއާ ފާތީ ކާމިޔާބުކޮށްފި
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ނައިން ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަހުސަން ހާޝިމް އަދި އާމިނަތު ފާތީ ހޯދައިފި އެވެ.
Advertisement

އެމްޕީބީއޭ ނައިން ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދީ ފައިނަލުގައި އަކުސަމްއާ ވާދަކޮށެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދީ ދީނާ އަހުމަދުއާ ފައިނަލުގައި ވާދަކޮށްގެނެވެ.

ފިރިހެން ފައިނަލު މެޗު ފަށައިގެން ފެނުނީ ދެ ކުޅުންތެރިންވެސް އެއްވަރެއްގައި ތިބި ތަނެވެ. 2-2 އިން އެއްވަރުވެފައި އޮއްވާ އަހުސަން ވަނީ 5-2 އިން ލީޑު ނަގައި ޓައިމްއައުޓާ ހަމައަށް ލީޑު ހިފަހައްޓައިފަ އެވެ. ޓައިމް އައުޓަށް ފަހު އެނބުރި އައިސް އަހުސަން 8-4 އަށް ލީޑު ފުޅާކުރި އެވެ. ދެން ފެނުނީ މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް އަކްސަމް އަރާ ހަމަކުރި ތަނެވެ. އަދި، 9-9 އިން އެއްވަރުވެފައި އޮއްވާ އަކުސަމް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަހުސަން އަނެއްކާވެސް ލީޑު ނަގައި 11-9 އިން މެޗު ކާމިޔާބުކުރި އެވެ.

މުބާރާތުގެ އަންހެން ބައިގެ ފައިނަލު މެޗު ފެށީވެސް ފާތީ އިތުބާރާ އެކުގަ އެވެ. މިގޮތުން ފުރަތަމަ ހަތަރު ފްރޭމް ހޯދައި 4-0 އިން ލީޑު ނެގި އެވެ. މެޗުގެ ޓައިމްއައުޓަށްފަހު ދީނާ މަޑު މަޑުން ކުޅުން ރަނގަޅުކުރި ނަމަވެސް ފާތީ ވަނީ ލީޑު ހިފަހައްޓައި 7-4 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް