ads
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: މަޖިލިސް
ހުޅުމާލޭން ގޯތި ދެނީ އެހެން ރަށްރަށުންވެސް ގޯތި ދޭ އުސޫލުން: އަސްލަމް
ހުޅުމާލެއިން ބަންޑާރަ ގޯތި ދޫކުރަނީ ރާއްޖޭގެ އެހެން ރަށްރަށުންވެސް ބަންޑާރަ ގޯތި ދޫކުރާ އުސޫލުންކަމަށް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރައްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

މެންބަރު ނަޝީދު ވަނީ ހުޅުމާލެއިން ހިލޭ 1،000 ގޯތި ދޫކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ ބިންތަކުގައި އަގެއް ނެތީތޯވެސް ސުވާލު ކުރެއްވި އެވެ. 

އަސްލަމް ވިދާޅުވީ ބަންޑާރައިން ގޯތި ދިނުމަކީ ރާއްޖޭގައި ކުރިއްސުރެ އޮންނަ ހަމައެއް ކަމަށާއި އަދި އެކަން ކުރާ ގޮތް ބަދަލު ނުވާ ކަމަށެވެ. 

"ރާއްޖޭގައި ކުރިއްސުރެ އޮންނަ ހަމައެއް ބަންޑާރައިން ގޯތި ދިނުން އެއީ. އަދި އެކަން އޮތީ އެގޮތަށް. ދިވެހިން ގަބޫލު ކުރަނީވެސް ބަންޑާރައިން ގޯތި ދޭންޖެހޭނެ ކަމަށް،" - އަސްލަމް

އަސްލަމް ވިދާޅުވީ ސިޔާސީ ލީޑާރުންވެސް ތިބީ ބަންޑާރައިން ގޯތި ދިނުން ހުއްޓާލާ ގޮތަކަށް ނޫން ކަމަށެވެ. 

ރާއްޖޭގެ އެހެން ރަށްރަށުންވެސް ގޯތި ދޭ އުސޫލުން މާލެއާއި ހުޅުމާލެއިންވެސް ގޯތި ދޭން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިި އެވެ. 

އަސްލަމް ވިދާޅުވީ ބިމުގައި އަގު ހުންނަ ކަމަށާއި ނަމަވެސް ރަށަކުން ބިން ހިއްކިޔަސް އަދި މާލެ ސަރަހައްދުން ބިން ހިއްކިޔަސް ހަރަދު ހިނގަނީ އެއްވަރަކަށް ކަމަށެވެ. 

މިހާރު ކަން ކުރަމުން ދަނީ ރާއްޖޭގައި ކުރިންވެސް ކަން ކުރަމުން އަންނަ ނިޒާމަކަށް ކަން އަސްލަމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެ ނިޒާމަށް ބަދަލު ގެންނަން އެންމެންނަށް އެއްބަސް ވެވޭ ކަމަށްވާނަ އެކަމާ މަޝްވަރާ ކުރެވިދާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރަށް ހުރި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް