ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 315 އަށް އަރާފައިވާއިރު ފާއިތުވި ހަފުތާގެ ތެރޭގައި 36 މީހަކަށް ކޮވިޑް ޖެހިފައިވއެވެ.
މާލޭ ސަރަހައްދުން 18 މީހަކާއި އަތޮޅުތެރެއިން 11 މީހެއްގެ އިތުރުން ސިނާއީ ރަށްރަށުން 7 މީހަކަށް މިބަލި ޖެހިފައިވއެވެ.
މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދަކީ 8 އެވެ.
ކޮވިޑް ޖެހުން މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 186،625 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ދަށްވަމުން އަންނައިރު، ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޅި ކުއްލި ނުރައްކަލުގެ ހާލަތުވަނީ އުވާލާފައެވެ.
ކޮވިޑް ޖެހިގެން ދުނިޔޭގައި މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 7 މިލިއަން މީހުން ކަމަށްވީ ނަމަވެސް ޑަބްލިއުއެޗްއޯއިން ގަބޫލު ކުރާ ގޮތުގައި އެ އަދަދު 20 މިލިޔަނަށް އަރާނެއެވެ.