ads
އަންހެން ވޮލީ ޓީމު ނޭޕާލުގައި
އަންހެން ވޮލީ ޓީމު ދެވަނަ މެޗުންވެސް ބަލިވެއްޖެ
ނޭޕާލުގައި ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހި އަންހެން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހި ޓީމުން ކުޅުނު ދެވަނަ މެޗުގައި މިރޭ ބަލިވީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުންވެސް ދިވެހި ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

އުޒްބަކިސްތާނުން ސެޓުތައް ގެންދިޔައީ 25-18 ، 25-14 އަދި 25-4 އިންނެވެ. ފުރަތަމަ މެޗުގައި ދިވެހި ޓީމު ކަޒަކިސްތާނު އަތުން ބަލިވިއިރު ސެޓްތައް ގެންދިޔައީ 25-16، 25-14 އަދި 25-6 އިންނެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ރާއްޖެ އާއި، އުޒްބެކިސްތާން އަދި ކަޒަކްސްތާނުގެ އިތުރުން ދެން ހިމެނެނީ ސްރީ ލަންކާއެވެ. ރާއްޖެއާ އެކު ލަންކާވެސްވަނީ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ. ރާއްޖޭގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މެޗު އޮންނާނީ މާދަމާ ހަވީރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް