
ސަކާ
ސަކާގެ ކޮންޓްރެކްޓް 2027 ގެ ނިޔަލަށް އިތުރުކޮށްފި
ސްޕޯޓްސް ޓީމް
23 މޭ 2023 - 21:07:41
އާސެނަލްއަށް ކުޅޭ އިގިރޭސި ޒުވާން ފޯވާޑް ބުކާޔޯ ސަކާގެ ކޮންޓްރެކްޓް 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އުމުރުން އެންމެ 21 އަހަރުގެ ސަކާވަނީ މި ސީޒަންގައި އާސެނަލްއަށް 14 ލަނޑު ޖަހައި 11 ލަނޑު ޖެހުމަށް އެސިސްޓްކޮށްދީފައެވެ. އޭނާވަނީ މިހާތަނަށް އާސެނަލަށް 178 މެޗު ކުޅެފައެވެ.
ޕްރިމިއާ ލީގުގެ ދެވަނަ މަގާމުގައި ނިންމާލި އާސެނަލްއާއެކު ސަކާ ކުރިން ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ.
ހަ އަހަރުގެ މެދު ކެނޑުމަކަށް ފަހު އަންނަ ސީޒަންގައި އާސެނަލްއިން ޗެމްޕިއަންސް ލީގު ކުޅޭއިރު ސަކާ ވެގެންދާނީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއަށެވެ.
ސަކާއަކީ އިގިރޭސި ގައުމީ ޓީމުގައިވެސް މުހިއްމު ކުޅުންތެރިއެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް