ads
ބްރެޒިލްގެ ތަރި ނޭމާ
ނޭމާ މެންޗެސްޓަ ޔުނައިޓެޑަށް
ޕީއެސްޖީއަށް ކުޅޭ ބްރެޒިލްގެ ތަރި، ނޭމާ އަންނަ ސީޒަންގައި މެންޗެސްޓަ ޔުނައިޓެޑަށް ބަދަލުވާނެ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި ނޭމާ، އަންނަ ސީޒަންގައި މެންޗެސްޓަ ޔުނައިޓެޑަށް ބަދަލުވުމާ ގުޅޭ ގޮތުން އެ ކްލަބާއެކު ނުރަސްމީ ސިފައެއްގައި ވާހަކަތައްވަނީ ދެކެވިފައެވެ. ނޭމާ އަންނަ ސީޒަންގައި ޕީއެސްޖީގައި ނުހުންނާނެ ކަންވަނީ ވަރަށް ބޮޑަށް ޔަގީންވެފައެވެ. 

ނޭމާ ދޫކޮށްލަން ޕީއެސްޖީން ނިންމި ސަބަބުތަކުގެ ތެރޭގައި މެސީއާ ނޭމާއާ ދެކޮޅަށް އެ ޕީއެސްޖީގެ ސަޕޯޓަރުން ނުކުމެ ނުރުހުން ފާޅުކުރުން ހިމެނެއެވެ. އެހެންނަމަވެސް ނޭމާ ދޫކޮށްލާނެ ވާހަކަ ރަސްމީކޮށް ޕީއެސްޖީން އަދި ހާމަކޮށްފައެއް ނުވެއެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މެންޗެސްޓަ ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އަންނަނީ ނޭމާ ޔުނައިޓެޑަށް އައުމަށް ބާރު އަޅަމުންނެވެ. ނޭމާއަކީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހޭގު ބޭނުންވާ ކުޅުންތެރިއެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

ނޭމާ މި ވަގުތު އަންނަނީ ފައިގެ އޮޕަރޭޝަނަކަށް ފަރުވާ ހޯދަމުންނެވެ. ސީޒަންގެ ފަހު ބައިގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެއެވެ، 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް