ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ސަލްމާ ވަނީ ރާއްޖެ އާއި އޮސްޓްރިއާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ވާހަކަ ދައްކާފައެވެ. މީގެއިތުރުން ދެ ޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މި ދަތުރުގައި ސަފީރު ސަލްމާ ވަނީ އޮސްޓްރިއާގެ ފޮރިން މިނިސްޓްރީގެ އިސްވެރިންނާވެސް ބައްދަލުކޮށްފައެވެ. މިބައްދަލުވުންތަކުގައި ރާއްޖެއާއި އޮސްޓްރިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;