މަހާޒް ވިދާޅުވީ ހަތް ޗެޕްޓަރުގެ މައްޗަށް ހިމެނޭ 224 ސަފުހާގެ މި ފޮތުގައި ހިމަނުއްވާފައިވާނީ ގްރޫޕް މާރާމާރީތަކުގައި ނުވަތަ ޖަމާއަތް ހަދައިގެން މީހަކަށް ހަމަލާދީ، މީހަކު މަރުވާ ހާލަތުގައި ހަމަލާދިން މީހުންގެ ކިބައިން ގިސާސް ހިފުމާ ގުޅޭ ޝަރުއީ އުސޫލުތައް ކަމަށެވެ.
މަހާޒުގެ ރައުޔުގައި ގިސާސްއާ ގުޅޭ ގިނަ އުސޫލުތަކެއް ބަޔާން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ޖަމާއަތެއްގެ ކިބައިން ގިސާސް ހިފޭނެ އުސޫލުތައް ހިމެނެ އެވެ. އޭނާ ވަނީ އެ ހުރިހާ ކަމެއް ފޮތުގައި ހިމަނުއްވައިފަ އެވެ. އެގޮތުން، ޖަމާއަތެއްގެ ކިބައިން ގިސާސް ހިފަން ޖެހޭ ސަބަބާއި ޖަމާއަތަކީ ކޮބައިކަމާއި ބައިވެރިންނާއި އެހީތެރިންގެ ކިބައިން ގިސާސް ހިފުމުގެ އުސޫލުތައް ހިމެެނެ އެވެ.
ފޮތުގެ އިސްބަހުގައި މަހާޒު ލިޔުއްވާފައިވާ ގޮތުން ފޮތެއް ގޮތަށް އެކުލަވާލުމުގައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އޭގެ ތެރޭގައި ކޯޓުތަކުން މި މައުޟޫއުގައި ނިންމާފައިވާ މައްސަލަތައް އަލުން ކިޔައި ބެލުމާއި، އިތުރު ފޮތްތަކާއި، އިތުރު ގުޅުންހުރި މައުޟޫއުތައް ދިރާސާކުރަން ޖެހުނުކަން ފާހަގަކުރައްވާފައިވެ އެވެ.
މަހާޒުގެ މި ފޮތް ހާއްސަކުރައްވާފައިވަނީ "ދެ ގޮތެއް ނުވެ، ފިސާރި ކެރިގެން ބޭއިންސާފާ ދެކޮޅަށް ތެދުވާ އެންމެނަށް" ކަމަށް ފޮތުގެ އިސްބަހުގައި ބަޔާންކުރައްވާފައިވެ އެވެ.
ތަމާލުއު ފޮތް ދިވެހި ފޮތް އެޕުން އެކަނި މިވަގުތު ލިބެން ހުއްޓަސް ކުރިމަގުގައި މި ފޮތް ޗާޕުކޮށްގެން ނެރުމަށް ވެސް އޭނާ ވަނީ ގަސްތުކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;