
ކޮރިންތިއާ ހޮޓެލްސް އިން އަޅާ ރިސޯޓުގެ ކޮންސެޕްޓު
ޔޫރަޕުގެ މަޝްހޫރު ބްރޭންޑަކުން ރާއްޖޭގައި ރިސޯޓެއް ހުޅުވަނީ
އައިޝަތު ނޫރާ
23 މޭ 2023 - 23:20:20
"ކޮރިންތިއާ ހޮޓެލްސް" އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހިންގުމަށް ހޮޓެލް މެނޭޖްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފި އެވެ.
ރިސޯޓު ހުޅުވާނީ 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައެވެ. ރިސޯޓު ހުޅުވަނީ އުތުރު މާލެ އަތޮޅުގެ ރަށެއްގައެވެ.
އެ ރިސޯޓުގައި 150 ކޮޓަރިއާއި ސުއިޓްގެ އިތުރުން ކެއުމާއި ޗުއްޓީ ހޭދަކުރުމަށް ތަފާތު ވަސީލަތްތައް ގާއިމްކުރެވޭނެއެވެ.
ކޮރިންތިއާ ހޮޓެލްސް އަކީ ޔޫރަޕާއި އެފްރިކާއާއި އޭޝިއާ އަދި މެދުއިރުމަތީގައި 50 އަށް ވުރެ ގިނަ ހޮޓަލާއި ރިސޯޓު ހިމެނޭ ބައިނަލްއަގްވާމީ ހޮޓެލް ގްރޫޕެކެވެ. އެ ކުންފުންޏަކީ މެހެމާނުންނަށް ހާއްސަ ފެންވަރެއްގެ ހިދުމަތާއި ލަގްޒަރީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
ރާއްޖޭގައި އަޅާ އާ ރިސޯޓަކީ އިންޑިއާ ކަނޑުގައި ކޮރިންތިއާ ހޮޓެލްސްގެ ފުރަތަމަ މިފަދަ ރިސޯޓެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް