ads
ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ސޯލިހް އަދި ރައީސް ނަޝީދު: މަޖިލިސް ފައިލް ފޮޓޯ
ބޮމުގެ ތިން ހަމަލާއެއްގެ މައުލޫމާތު ސަރުކާރަށް ލިބުނު: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ބޮން ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް ލިބުނުކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވެމުން ދިޔަ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދަނޑުވެރިންނަށް ދިން ސަބްސިޑީ އަލުން ދޭން ފެށުމަށް ގޮވާލާ ގަރާރަށް ބަހުސް ކުރުމުގެ މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ރައީސް ނަޝީދަށްް ދިން ބޮމުގެ ހަމަލާގެ ވާހަކަ ދައްކަވާފަ އެވެ. 

ހަސަން ވިދާޅުވީ ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަހައްޓާ އެ ސައިކަލުގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު ނިކުންނަވާ ގަޑީ އެ ބޮން ގޮއްވާލަން އުޅޭ ކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ލިބިފައިވާ ކަމަށެވެ. 

މީގެ އިތުރުން މެރީ ބްރައުން ސަރަހައްދުގައާއި ޔާގޫތުގޭ ސަރަހައްދުގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނުކަމުގެ މައުލޫމާތުވެސް ރައީސް ސޯލިހަށް ލިބުނުކަން 241 ކޮމިޓީއަށް އިނގޭކަމަށް ހަސަން ވިދާޅުވި އެވެ. 

ހަސަންގެ ވާހަކަފުޅަށްފަހު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ އެވާހަކަތައް އަޑު އިވުމުން ވަރަށް ކަންބޮޑުވާކަމަށެވެ. އެފަދަ ވާހަކައެއް އަދި އަޑު ނީވޭ ކަމަށްވެސް ބޮންޑޭ ވިދާޅުވި އެވެ. 

ބޮންޑޭގެ ވާހަކަ ހުއްޓަވާލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެވާހަކަތައް ޔަގީންކޮށްދެވިދާނެ ކަމަށެވެ. 

"އަޅުގަނޑަށް އިއްޒަތްތެރި މެންބަރަށް ޔަގީންކޮށް ދެވިދާނެ. މޭރީ ބްރައުން ރެސްޓޯރެންޓް ކައިރީގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބަހައްޓާ އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އިނގިފައިކަން މިތަނުގައި ހުރި ތަހުގީގުތަކުންނާއި އަދި އިތުރު ތަހުގީގުތަކުން ވާނީ ވަރަށް ރަނގަޅަށް އިނގިފައި،" - ނަޝީދު

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދަށް ތާއިދު ކުރައްވާ "ފިކުރެއްގެ ދިރުން" ހަރަކާތުގެ ބައެއް މެންބަރުން ވަނީ މިއީ ސަރުކާރަށާއި ރައީސް ސޯލިހަށް އެނގިގެން ކުރިކަމެއްކަމަށް ތުހުމަތު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް