ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ، މިމައްސަލައާ ސަމީން ހޯދުމަށް އިއުލާނުކުރީ އެއްޔެއެވެ.
ފުލުހުން މިއަދު ބުނީ އޭނަ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމުން ކަމަށެވެ.
އޭނާ ހޯދަމުން ދިޔައީ މިމަހުގެ ދެ ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.