މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ. ހާދިސާ ހިނގުމުން ރިޕޯޓް ކުރުމުން ފުލުހުން ދިޔައިރުވެސް މަކުނު އެސަރަހައްދުން ނުދެއެވެ.
އަދި ފުލުހުން ދިއުމުން ފުލުހުންނަށް ވެސް ހަމަލާދޭން އުޅުމުން ފުލުހުންނަށް މަޖުބޫރުވީ ބަޑިޖަހާ މަކުނު މަރާލާށެވެ. އަންހެން މީހާ މިހާރުވަނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.
މިދިޔަ މާޗް މަހުވެސް އެމެރިކާގެ އޮކޮލޮހޯމާގައި އަންހެނެއްގެ ކަންފަތް ވީދާލި މަކުނެއް މަރާލަން ފުލުހުންނަށް ޖެހުނެއެވެ.