
އަންހެން ޓީމުގެ މެޗެއްގެ ތެރެއިން
އަންހެން ޓީމު ސެޓެއްވެސް ނުލިބި ތިން ބަލިވެއްޖެ
ސްޕޯޓްސް ޓީމް
24 މޭ 2023 - 21:23:07
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ދިވެހި އަންހެން ވޮލީ ޓީމު ބަލިވީ އަވައްޓެރި ލަންކާ އަތުން ސީދާ ތިން ސެޓުންނެވެ. ކުރިން ދެ މެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
ލަންކާ އިން މެޗުގެ ސެޓްތައް ގެންދިޔައީ 25-18، 25-13 އަދި 26-24 އިންނެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ބަލިވީ ކަޒަކިސްތާނާއި އުޒްބަކިސްތާން އަތުންނެވެ. ލަންކާ އަތުންވެސް ބަލިވުމާއެކު ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ.
ގުރޫޕްގެ އެއްވަނަ ހޯދީ އުޒްބަކިސްތާނެވެ. މުބާރާތް ރާވާފައިވާ ގޮތުން ދެ ގުރޫޕްގެ ތިންވަނަ އާއި ހަތަރުވަނަ ޓީމްތަކުގެ މެދުގައި ރޭންކިން މެޗުތަކެއް ކުޅޭނެ އެވެ. ރާއްޖެ ދެން ކުޅެން ޖެހޭނީ އެ މެޗެވެ.
ރޭންކިން މެޗުގައި މާދަމާ މެންދުރު ރާއްޖެ ގަޑިން 1:45 ގައި ދިވެހި ޓީމު ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް