ads
އާދަ ޝަރުމާ
ކެރަލާ ސްޓޯރީގެ ބަތަލާ އާދަ ޝަރުމާގެ ޒާތީ މައުލޫމާތުތައް ލީކުކޮށްލައިފި
"ކެރެލާ ސްޓޯރީގެ" ބަތަލާ އާދަ ޝަރުމާގެ ޒާތީ މައުލޫމާތު އޮންލައިންކޮށް ލީކުވެ، އިންސްޓަގްރާމް ޔޫޒަރަކު އޭނާގެ ފޯނު ނަންބަރު ޝެއާ ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު އެވެ. "@adahsharmabuse" ޖަހާފައިވާ ހޭންޑްލް އިން އިންސްޓަގްރާމް ޔޫޒަރަކު ޝަރުމާގެ އާދަރު އައިޑީ ކާޑުގެ ސްކްރީންޝޮޓެއް ޕޯސްޓްކޮށް އޭނާގެ ފޯނު ނަންބަރު ހިއްސާކުރާނެ ކަމުގެ އިންޒާރު ދިނެވެެ. 

އަދި ޝަރުމާގެ އެޑްރެހާއި އުފަން ތާރީހު ހިމެނޭ ގޮތަށް ޝަރުމާއާ ބެހޭ އެހެން ގިނަ ޒާތީ މައުލޫމާތުތަކެއް ވެސް ޔޫޒާ ވަނީ ޕޯސްޓްކޮށްފަ އެވެ.

ޝަރުމާގެ ސަޕޯޓަރުން އެ ހާދިސާއާ ގުޅިގެން އަވަސް އަވަހަށް ރިއެކްޓް ކުރި އިރު، ސައިބާ ސެލް ގެ ފަރާތުން އަވަސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދިޔައީ އެދެމުންނެވެ. ސައިބާ ސެލް އިން ވަނީ ޝަރުމާގެ ޒާތީ މައުލޫމާތު ލީކްކުރި ނޭނގޭ މީހާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

މިއީ މަޝްހޫރު ފަރާތަކަށް ސައިބަރ ބުލީ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި އޮންލައިންކޮށް މަޝްހޫރު ފަރާތްތަކަށް އުނދަގޫ ކުރާ ހައި ޕްރޮފައިލް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. ބައެއް ހާލަތްތަކުގައި އެ އުނދަގުލުގެ ސަބަބުން މަޝްހޫރު ފަރާތްތަކުން ވަނީ ގާނޫނީ ފިޔަވަޅު އަޅަން ފަށާފައެވެ.

އޮންލައިންކޮށް ހިއްސާކުރާ މައުލޫމާތަކީ ކޮބައިތޯ ސަމާލުވުމަށް ސައިބާ ސެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސައިބާ ބުލީންގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަންޖެހޭ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް