ads
ދަރިމައިވުމުގެ މައްސަލަތައް މުޖުތަމައުގައި ގިނަވަމުންދާއިރު، މި މައްސަލަތަކަށް ފަރުވާ ނުވަތަ ހައްލުތަކެއް ވާ ކަން އެނގުން މުހިންމު - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
އައިޔޫއައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް
ދަރިމައިވުމުގެ މައްސަލަތައް މުޖުތަމައުގައި ގިނަވަމުން ދާއިރު، މި މައްސަލަތަކަށް ފަރުވާ ނުވަތަ ހައްލުތަކެއް ވާ ކަން އެނގުން މުހިންމެވެ. އެގޮތުން މި ފަރުވާތަކުގެ ތެރޭގައި ހިމެނޭ މަގުބޫލު އެއް ފަރުވާއަކީ އިންޓްރާ ޔުޓެރައިން އިންސެމިނޭޝަން (އައިޔޫއައި) އެވެ.

އައިޔޫއައިގެ މައިގަނޑު މަގުސަދަކީ ފެލޯޕިއަން ޓިއުބް އާއި ހަމައަށް ވާސިލްވާ ދަރިފަނީގެ އަދަދު އިތުރުކޮށް ދިނުމެވެ. މީގެ ސަބަބުން ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އައިޔޫއައި އަކީ އޮވިޔުލޭޓް ވާ ދުވަސްވަރުގައި ކެތިޓާއެއް މެދުވެރިކޮށް އަނބިމީހާގެ ރަހިމުގެ ތެރެއަށް ފިރިމީހާގެ ދަރިފަނިލައިގެން ދަރިމައިވުމަށް ދެވޭ ފަރުވާއެކެވެ. 

މިއީ ބަލިވެއިނުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި ދެވޭ ފަރުވާއެކެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން އައިޔޫއައި ހެދުމަށް ލަފާ ދޭނީ އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ދެމަފިރިންނަށާއި މިނޫންވެސް ދަރިމައިވުމުގެ އެހެނިހެން މައްސަލަތައް ހުންނަ ފަރާތްތަކަށެވެ. މީގެ ތެރޭގައި ދަރިފަނީގެ އަދަދު މަދުވުން ކަހަލަ މައްސަލަތައް ހިމެނެއެވެ.

އައިޔޫއައި ކުރިއަށް ގެންދާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އަނބިމީހާގެ ހައިޟުގެ މުއްދަތު ރަނގަޅަށް މޮނިޓާކޮށް، ބަލައި އޮވިއުލޭޓް ވާ ދުވަސްކޮޅު ދެނެގަންނާނީއެވެ. އެގޮތުން ބައެއް ފަރާތްތަކުގެ އޯވަރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި ކާ ބޭސް ނުވަތަ އިންޖެކްޝަން ދޭނެއެވެ. މި ޕްރޮސެސްއަށް ކިޔަނީ އޯވަރީ ސްޓިމިއުލޭޝަންއެވެ. އެއަށް ފަހު އޮވިއުލޭޝަން ފެށޭ ހިސާބުން ފިރިމީހާގެ ދަރިފަނި ލެބޯރަޓަރީގައި ސާފުކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު، ކުޑަ ކެތެޓާއެއް މެދުވެރިކޮށް ސާފުކޮށް ދަރިފަނި އަނބިމީހާގެ ރަހިމުގެ ތެރެއަށް ދޫކޮށްލެވެއެވެ. މި ޕްރޮސީޖައަކީ ތަދެއް ނުވާ އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަދާލެވޭ ޕްރޮސީޖައެކެވެ.

އައިޔޫއައި އަކީ އާންމު ގޮތެއްގައި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް މެދުވެރިވާ ޕްރޮސީޖާއެއް ނޫނެވެ. އެގޮތުން އައިޔޫއައި ގައި މައިގަނޑު ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ކަމަކީ އެެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވުމެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިކަން ދިމާވަނީ އައިޔޫއައި ހަދާ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަށެވެ. ހަމަ މިއާ އެކު އައިޔޫއައި މެދުވެރިކޮށް ބަލިވެ އިނުމުގެ ފުރުސަތު ކޮންމެ އައިޔޫއައި ސައިކަލްއެއްގައި 10 އިންސައްތަ އާއި 20 އިންސައްތަ އާ ދެމެދުގައި އޮވެއެވެ. 

އެހެންކަމުން ހަ ސައިކަލްއަށް ފަހު ބަލިވެއިނުމުގެ ފުރުސަތަކީ 60 އިންސައްތަ އާއި 80 އިންސައްތަ އާ މެދުގެ އަދަދެކެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ބަލިވެ އިނުމުގެ ފުރުސަތައް އެހެނިހެން ކަންކަމުން އަސަރު ކުރާ ކަމެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަށިގަނޑަށް ބޭނުންވާ ވިޓަމިން އަދި މިނެރަލްސް ފަދަ ތަކެތި މަދުވުމާއި މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ހިމެނެއެވެ. ހަމަ އެހެންމެ އައިޔޫއައި ކާމިޔާބުވާ ނިސްބަތް އެކި މީހުންގެ މެދުގައި ތަފާތުވެގެންދާނެއެވެ. އެހެންކަމުން އެމީހަކު ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ޑޮކްޓަރަކާ މަޝްވަރާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އައިޔޫއައިގެ ފަރުވާއަށް އެދޭ ނަމަ ތަޖުރިބާކާރު ފާޓިލިޓީ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އާއިލާއެއްގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެހީތެރިވެދޭނެ ތަޖުރިބާކާރު، ހުނަރުވެރި، އޯގާތެރި ސްޕެޝިއަލިިސްޓުން ތިބޭނެއެވެ. އެގޮތުން މި ހިދުމަތްތައް ކޮންމެ މީހަކަށް އެމީހަކާ އެންމެ އެކަށޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެއެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ސެންޓަރުގެ އަމަލީ މަސައްކަތްތައް ނިންމައި ހުޅުވަން ތައްޔާރުވެފައެވެ. މި ސެންޓަރު މެދުވެރިކޮށް އައިޔޫއައި އަދި އައިވީއެފްގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑރ. ޒާކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ވަރަށް ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ. ޒާކިޔާގެ މަގުސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާ އެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް