ޔޫރޮޕާ ލީގުގެ އަންނަ ސީޒަނުގެ ޖާގައެއް ބްރައިޓަންއިން ހޯދީ ބުދަ ދުވަހުގެ ރޭ ސިޓީއާ އެއް ލަނޑު އެއް ލަނޑުން އެއްވަރުކޮށް ހޯދި ޕޮއިންޓާއެކުއެވެ.
މިއީ ވިދިވިދިގެން ތިންވަނަ ފަހަރު ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ސިޓީން ހޯދުމަށް ފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި ޕޮއިންޓާއެކު ބްރައިޓަން އޮތީ ޓޭބަލްގެ ހަވަނައިގަ 62 ޕޮއިންޓާއެކުއެވެ. އެއީ 37 މެޗުންނެވެ.
ބާކީ ދެން އޮތީ ބްރައިޓަންއަށްވެސް އެންމެ މެޗެކެވެ. ހަތް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ދެން ބްރައިޓަން އަށް ވުރެ ކުރި ހޯދޭނެ ގޮތެއް ނެތެވެ. އެހެންކަމުން އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ސްލޮޓެއް ލިބުނީއެވެ.