ads
'ދޮވުނީ ހިކުނީ' ގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަން ކުރިއަށް ދަނީ މެއި 22 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް - ފޮޓޯ:އެސްޓީއޯ
ހިޓާޗީން ފެބްރުއަރީ މަހު ނެރުނު ދޮންނަ މެޝިންތައް އެސްޓީއޯއިން މިހާރު ލިބޭނެ
ހިޓާޗީން ފެބްރުއަރީ މަހު ނެރުނު ދޮންނަ މެޝިންތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

'ދޮވުނީ ހިކުނީ' ގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަން ކުރިއަށް ދަނީ މެއި 22 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ މެޝިން އާއެކު ހިލޭ މައިކްރޯވޭވް އަވަންއެއް ލިބޭއިރު، އެ ކުންފުނީގެ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަގާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަނުގެ ދަށުން އަވަން ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެ ކުންފުނިން މި ޕްރޮމޯޝަނުގައި ވިއްކާނެ ކަމުގައެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންތަކަކީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯ އާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯ އާ ހަމައަށް ހުންނަ މެޝިންތަކެއް ކަމަށެވެ.

އިތުރަށް ހިއްކަން ނުޖެހި މެޝިނުން ކަބަޑަށްލެވޭ ވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގެ ގޮތުން ހެޔޮ މެޝިންތަކެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

your image'ދޮވުނީ ހިކުނީ' ގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަން ކުރިއަށް ދަނީ މެއި 22 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް - ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނީ އެއް އަހަރު ދުވަހުގެ ގެރެންޓީ އާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެ ކުންފުންޏަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުނި ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައި ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް