އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދީ ފައިނަލްގައި ފަހަތުން އަރައި ފފިއޮރެންޓީނާ ބަލިކޮށްގެނެވެ. އިންޓަމިލާނާ ފިއޮރެންޓީނާ ކުޅުނު ފައިނަލް މެޗުން އިންޓަ މިލާން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ލަނޑެއް ޖަހާ މެޗްގެ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ނީކޯ ގޮންޒާލޭސްއެވެ. އިންޓަ އިން މެޗުގައި އެއްވަރުކުރީމ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. އެއްވަރު ކުރި ލަނޑު އިންޓަމިލާނަށް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އޭގެ އިރުކޮޅެއް ފަހުން އިންޓަމިލާން މޮޅުވި ލަނޑު ޖެހީ ނާޓިނޭޒް އެވެ.
މި ނަތީޖާއާއެކު އިންޓަ މިލާޏުން މިވަނީ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ އެއްކޮޅުންވެސް ޖާގަ ހޯދާފައިވަނީ އިންޓަމިލާނުންނެވެ.