ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
އެމްއާރުއެމް އުވާލުމުގައި ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ތަރުޖަމާނު
ކުރީގެ ރައީސް މައުމޫން އަބްދުލަ ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރުއެމް އުވާލުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް އިލެކްޝަންސް ކޮމިޝްނަށް ފޯރުވާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
Advertisement

ރައީސް އޮފީހުގައި މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން އެކަމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އެބޭފުޅުންގެ މިނިވަންކަމާއެކު ކުރެއްވި ކަމެއްކަމަށް ވިދާޅުވިއެވެ.

އެމްއާރުއެމް އިން ސިޔާސީ ހަރަކާތް ނުހިންގޭނެކަމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

އެމްއާރުއެމް އުވާލުމާ ގުޅިގެން އެޕާޓީއާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ.

އީސީން ބައެއް ނޫސްތަކަށް ބުނެފައިވަނީ ކޮމިޝަނުގެ މެމްބަރުންނާ މެދު ރިޝްވަތު ހިފުން ފަދަ ދޮގު ތުހުމަތު އަޅުވާފައިވާކަމަށާއި އެހެންނަމަވެސް ތިން މަސް ތެރޭގައި މެމްބަރުން ހަމަނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެކަން އެމްއާރުއެމަށް އަންގާފައިވާނެ ކަމަށެވެ.

އެމްއާރުއެމް އުވާލަން ނިންމީ ދެ ވަނަ ނޯޓިސް ދިނުމަށްފަހު ތިން މަސްވި އިރު ވެސް އަދަދު ހަމަ ނުވުމުން ކަމަށް އިލެކްޝަނުން ބުނެއެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސީއެންއެމްއަށް ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމިކަން އެޕާޓީއަށް ނާންގާ ސީދާ ފުރަތަމަވެސް މީޑިއާއަށް ދެއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ.

އަލީމް ވިދާޅުވީ އީސީން ހުށަހަޅަން އެންގި އަދަދަށްވުރެ 100 ވަރަކަށް ފޯމު އިތުރަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެފޯމްތައް ހުށހަޅާފައިވާނީވެސް ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

އެމްއާރު އެމްއަށް މެންބަރުން ހަމަކުރުމަށް މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.
އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި، ނިންމުމަކީ ގާނޫނާއި ހިލާފު ކޮރަޕްޓް ނިންމުމެއްކަމަށް އެޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް