ads
ރާއްޖެގެ ރަށެއްގެ ސިއްހީ މަރުކަޒު--
ސިއްހީ ދާއިރާގެ މުސާރާއިގެ ކަންބޮޑުވުން ރައިސް އޮފީހާ ހަމަޔަށް
ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަޑަށް ގެނައި ބަދަލްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައިީސް އޮފީހާ ހަމަޔަށް އައިސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިއުވާން ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައަށް މި ފަދަ ބަދަލެއް ރޯލްލޯޑް ވެގެން އަންނައިރު، މި ޕްރޮފެޝަން ތަކާއި ރޭންކުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، އެހެންކަމުން މިފަދަބަދަލާކާއި ކުރިމަތިލާއިރު، ކަންތައްތައް ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

އަދި މުސާރާޔާއި ގުޅިގެން އަންނަ ބަދަލުތަކަށް މައުލޫމާތު ބޮޑަށް އެނގިގެންދާނީ ޕޭ ކޮމިޝަނަށް ކަމަށާއި، އެ ބަދަލުތަކަށް ޕޭ ކޮމިޝަނުން ޖަވާބުދާރީވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. 

ސިއްހީދާއުރާގެ މުސާރަ އަށް ހެޔޮބަދަލެއް ގެންނަން ޖެހޭކަން ފާހަގަކުރެއްވާ އެ ދާއިރާއަަށް ރަނގަޅު ބަދަލެއް ގެންނަން ކުރެވިފައި ހުރި މަސައްކަތް ހުއްޓިފައި ނުވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އިތުރަށް މިއުވާން ފާހަގަކުރެއްވީ މުސާރަ އަަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންދާއިރު، އެދާއުރާގެ އެކި ފަންތީ ތަކުގެ މުއައްޒަފުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އެ ދާއިރާގެ އެކި މަސައްކަތް ކުރައްވާ އެކި ގިންތި ތަކުގެ ބޭފުޅުން ހިމެނޭ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"ރައީސް އޮފީހުގެ ޕޮލިސީ އޮފީހާއި ފިނޭނޭންސް މިނިސްޓްރީން މިކަންތައް ކުރިއަށް ގެންދަވާނެ. ކުރިއަށް އޮތްތާގައި މިކަންތައް ކުރެވޭނެ" - މިއުވާން 

މުސާރައާއި ގުޅޭގޮތުން ޕޭ ކޮމިޝނުން ގޮތެއް ނިންމާނެކަމަށާއި، މިހާ ހިސާބަށް އާދެވުނު އިރު އެކަން އެގޮތަށް ނުވެ އޮތަތީ އެކަން ނުކުރެވި ނުދާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް