ads
ބޮބީ އޭނާގެ ގިނިސް ވޯލްޑް ރެކޯޑާއެކު
ދުނިޔޭގެ އެންމެ މުސްކުޅި ކުއްތާގެ އުފަންދުަވަސް ފާހަގަކޮށްފި
ދުނިޔޭގެ އެންމެ މުސްކުޅި ކުއްތާގެ 31 ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.

ޕޯޗުގަލްގެ ކުއްތާއެއް ކަމަށްވާ ބޮބީގެ 31 ވަނަ އުފަންދުވަސް ފާހަގަކުރީ މި މެއި މަހުއެވެ. އޭނާ އަކީ މިހާރު ދިރިހުރި އެންމެ ދުވަސްވީ ކުއްތާކަމަށްް ގިނިސް ވޯލްޑް ރެކޯޑްސް އިން ކޯޑްކޮށްފައިވާ ކުއްތާއެވެ.

ބޮބީ އަކީ 1992 ވަނަ އަހަރު އުފަންވި ކުއްތާއެކެވެ. އޭނާގެ މުޅި އުމުރު ދިރިއުޅެމުން އަންނަނީ އޭނާގެ ވެރިޔާ ލިއޮނަލް ކޮސްޓާއާ އެކު ކަމަށެވެ. 

ކޮސްޓާ ބުނާ ގޮތުގައި ބޮބީ އަކީ ހާއްސަ ކުއްތާއަކަށް ވަނީ އޭނާގެ އާއިލާގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ މަތިން ވެސް އެ ކުއްތާ ހަނދާންކޮށްދޭތީ އެވެ.

ބޮބީގެ އުމުރަށް ބަލާއިރު ސިއްހަތު ރަނގަޅު ނަމަވެސް ހިނގާބިނގާވެ އުޅުމާއި ފެނުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ. 

ކޮސްޓާ ބޮބީގެ ދިގު އުމުރު ސަބަބެއްކަމަށް ދެކެނޭ އޭނާ ދިރިއުޅޭ "މަޑުމައިތިރި، އަމާން މާހައުލު" އެެއެވެ. 

އާންމުކޮށް އެންމެ ދިގުކޮށްވެސް ކުއްތާއެއް ދިރިއުޅެނީ 15 އަހަރާ ވިހި އަހަރާ ދެމެދުގައެވެ. ބައެއް ކުއްތާ 10 އަހަރާއި 7 އަހަރާ ދެމެދު ވެސް ދިރިއުޅެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް