ads
މާވަރުލުގައި ޓެސްޓް ފްލައިޓް ޖެއްސުން--
މާވަރުލު އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި
ގދ. ގައި ތަރައްގީ ކުރާ، މާވަރުލު އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މާވަރުލު އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 11:11 ގަ އެވެ. 

މާވަރުލުގައި ތަރައްގީކުރަމުންދާ އެއާޕޯޓްގެ މަސައްކަތް އިއްޔެ ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ. 

މާވަރުލު އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މާވަރުލުގައި ހަދާފައި ވަނީ 150 މީޓަރުގެ ފުޅާ އަދި 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. 

މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މޫވިން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރެވުނެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާތީ ސަރުކާރުން އެތަން ނަގައި އެމްޓީސީސީއާ ހަވާލުކުރި އެވެ.

މާވަރުލު އެއާޕޯޓާއެކު ގދ. އަތޮޅުގައި ދެ އެއާޕޯޓަކުން ހިދުމަތް ލިބޭނެ އެވެ. 

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް