ads
ކެނޯގައި ދިޔަ މީހުންނަށް މިޔަރު ހަމަލާ ދެނީ
ކެނޯއެއްގައި ދިޔަ ބަޔަކު "ކާލަން" މިޔަރެއް މަސައްކަތްކޮށްފި
އަޔަލޭންޑްގެ ކޯކްގައި ކެނޯ ދުއްވަން ދިޔަ ގްރޫޕެއްގެ ބައެއްގެ ކެނޯތައް ފުރުޅާލައި އެމީހުން ކައިލުމަށް މިޔަރެއް މަސައްކަތްކޮށްފިއިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ އެމީހުންގެ ކެނޯތަކާއި އެއްވަރަށް ބޮޑު މިޔަރެއް އައިސް އެމީހުންގެ ކެނޯގައި ފިޔަފަތުން ޖަހައި ކެނޯ ފުރޮޅާލުމަށް މަސައްކަތްކުރާ މަންޒަރެވެ.

ސަލާމަތްވި މީހުން ބުނިގޮތުން މިޔަރު "އެމީހުންގެ ކެނޯ ފުރޮޅާލައި ކާލަން މަސައްކަތް ކުރި" އެވެ.  

އެ މީހުންނަށް ހަމަލާ ދިން ބާސްކިންގް މިޔަރަކީ ވޭލް އަށްފަހު ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު މަހެވެ. ނަމަވެސް އެ މިޔަރުގެ ބޭނުމަކީ އެމީހުން ކާލުން ނޫންކަމަށް އެ ވީޑިއޯ ބެލުމަށްފަހު ބައެއް ތަޖުރިބާ ކާރުންވަނީ ބުނެފައެެވެ. އެ ވައްތަރުގެ މިޔަރަކީ އެއީ "ފިލްޓާ ފީޑަރެއް" ކަމަށާއި އޭގެ ކެއުމުގައި ހިމެނެނީ ޕްލެންކްޓަން އާއި ކުދި މަސްތަކެވެ. ބާސްކިންގ މިޔަރަކީ އުދުވާނީ މިޔަރެއް ނޫން ކަމަށާއި މިއީ އިންސާނުންނަށް ގެއްލުމެއް ނެތް މިޔަރެއް ކަމަށް ބެލެވެއެވެ.

ބާސްކިންގް މިޔަރަކީ ދުނިޔޭގައި ހިމާޔަތްކޮށްފައިވާ ބާވަތެކެވެ. އެފަދަ މިޔަރަށް އެއްވެސް ގޮތަކަށް ގެއްލުން ދިނުމަކީ ގާނޫނާ ހިލާފު ކަމެކެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް