
ބީއެމްއެލުން ވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއްގެ ގޮތުން މޮބައިލް އަދި އިންޓަނެޓް ބޭންކިން ލޮގިންތަކަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން ތައާރަފުކޮށްފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލް އިންޓަނެޓް އަދި މޮބައިލް ބޭންކިން ލޮގިންއަށް މިހާރު ޓޫ ފެކްޓާ އޮތެންޓިކޭޝަން
މުހައްމަދު އަތީފް
25 މޭ 2023 - 17:50:57
ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއްގެ ގޮތުން މޮބައިލް އަދި އިންޓަނެޓް ބޭންކިން ލޮގިންތަކަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން (2އެފްއޭ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން ބުނީ އާ އަޕްޑޭޓާ އެކު، އިންޓަނެޓް ބޭންކިން ލޮގިންއަކީ ރަޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރެއްގެ ލޮގިންއެއް ކަން ކަށަވަރު ކުރުމަށް ސެކިއުރިޓީގެ އިތުރު ލޭޔާއެއް އިތުރުވާނެ ކަމަށެވެ.
އަޕްޑޭޓް ކުރުމުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕްލިކޭޝަނަށް ލޮގިން ކުރުމަށް އަންގައި ލޮގިން ޕްރޮސެސްގެ ދެވަނަ ފިޔަވަޅެއްގެ ގޮތުން ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އެއް ޖަހަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަމްބަރަށް އޯޓީޕީ ފޮނުވޭނެ ކަމަށެވެ.
އެ ބޭންކުން ވަނީ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހޯދުމަށް މިހާރު ބޭނުން ކުރާ އެޕްލިކޭޝަން އަޕްޑޭޓް ކުރުމަށް އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް