ads
ދިވެހި ސާފް ޓީމުގެ ބައެއް މެންބަރުން ވަޒީރާއެކު
ދިވެހި ރާޅާ އެޅުންތެރިން އެލް ސަލްވަޑޯއަށް
އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ދިވެހި ގައުމީ ޓީމުގެ ތިން އެތުލީޓުން، އެލް ސަލްވަޑޯ އަށް ފުރައިފި އެވެ.

އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ޖޫން ހަތަކަށް އެލް ސަލްވަޑޯގައި އޮންނަ ވޯލްޑް ސާފިން ގޭމްސްގައި ބައިވެރިވާ ދިވެހި ގައުމީ ސްކޮޑްގެ އެތުލީޓުންނަކީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި އަހުމަދު އާގިލް (އަންމަޑޭ) އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ. އެތުލީޓުންނާއި ކޯޗު ކްލައިޑް މާޓިންއާ އެކު، ދިވެހި ޓީމުގައި ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ނައިބު ރައީސް ޝާހިދު އަމީން ވެސް ބައިވެރިވި އެވެ.

އެލް ސަލްވަޑޯގައި އޮންނަ ސާފިން ގޭމްސްގައި މިއީ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖޭން ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ވޯލްޑް ސާފިން ގޭމްސްގައި ވެސް ދިވެހި ޓީމު ވާދަކުރި އެވެ. އަންމަޑޭ އާއި ސްމައިލީ ވަނީ އެ މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ. އެ މުބާރާތުގައި ދެން ވާދަކުރި ތާއްޖޭގެ ރާޅާއެޅުންތެރިއަކީ ހުސެއިން އަރީފް (އިބޫ) އެވެ.

ދުނިޔޭގެ އެންމެ މޮޅު ރާޅާއެޅުންތެރިން ވާދަކުރާ އެ މުބާރާތުގައި ރާއްޖޭން ވާދަކުރި ފުރަތަމަ ފަހަރު ނިންމާލީ ފިރިހެނުންގެ ބައިން ރޭންކިންގެ 30 ވަނައިގަ އެވެ. ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ މި އަހަރުގެ އަމާޒަކީ ރޭންކިންގެ ގަދަ 20 ގެ ތެރޭގައި ހިމެނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް