ads
ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯ - ފޮޓޯ:އާބަންކޯ
މިފަހަރުގެ މރ. މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ
އާބަންކޯއިން ބޮޑީ ބިލްޑިންގް އެސޯސިއޭޝަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ މި އެއްބަސްވުމަކީ މޯލްޑިވްސް ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ފަރާތުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއްގެ ސްޕޮންސަޝިޕަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކްސްގެ ކޯ-ސްޕޮންސަރަކަށްވެސް މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. 

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ. 

އާބަންކޯއިން ބުނީ މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގައި ކަމަށެވެ. މިސްޓަ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު ކަމަށް އާބަންކޯއިން ބުނެއެވެ. 

އާބަންކޯއިން ބުނީ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯ - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނެފައިވަނީ މި ދެ މުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. 

އާބަންކޯއިން ބުނި ގޮތުގައި މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީ ބޮލްޑިންގް އެސޯސިއޭޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުޅިވަރުތަކާއި ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް