
އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބެހެއްޓުމަށް މިހާރު ނިންމާފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްއާއި ނިއުދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންކޮކް، ޔޫއޭއީގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައި ކަމަށެވެ.
އީސީން ބުނީ މި ތަންތަނުގައި ވޯޓް ފޮށި ބަހައްޓާނީ އެތަންތަނުގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީކޮށްފިނަމަ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282755 މީހުންނަށް ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވަމައުލޫމާތުން އެނގެއެވެ.
އޭގެ ތެރޭގައި ތެރޭގައި ހިމެނެނީ 144408 ފިރިހެނުންނާއި، 138347 އަންހެނުން ނެވެ.
ވޯޓާސް ލިސްޓް އާއްމު ކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.