 
                                                                                                
                    މިއަދު އަބޫދާބީ ކޯޓެއްގައި ކުރިއަށް ދިޔަ ޝަރީއަތިގައި ބުނެފައިވަނީ ޕަބްލިކް އޮތޯރިޓީއެއްގައި ވަޒީފާ އަދާކުރަމުން އައި އެމީހާ މަގާމުގެ ބޭނުން ހިފައިގެން ދޮގު ސްކޮލަޝިޕް ޑޮކިއުމަންޓް އުފައްދައި ގަވާއިދާ ހިލާފަށް އެ އޮތޯރިޓީން 40 މިލިއަން ދިރުހަން (167,311,134.72 ރުފިޔާ) ހޯދާފައިވާކަމަށެވެ.
ވަގަށް ނަގާފައިވާ ފައިސާ ބޭނުންކޮށްގެން ލަގްޒަރީ ކާރުތަކާއި ހާއްސަ ނަންބަރު ޕްލޭޓްތަކާއި ގަހަނާތަކާއި އަގުބޮޑެތު ޗުއްޓީ ހޭދަކުރުން ހިމެނޭ ގޮތަށް އަގުބޮޑު ދިރިއުޅުމެއް އޭނާ ހޭދަކޮށްފައިވެއެވެ.
އޭނާ ޖަލަށްލުމުގެ އިތުރުން އޭނާގެ ހުރިހާ މުދަލެއް ހިފެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.