ads
ހުޅުމާލެ ފިޔަވަހި އެކެއް: ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމަށް ހުޅުމާލޭގައި މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމާފައި
ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމަށް ހުޅުމާލޭގައި މިއަދު ހަވީރު ހިނގާލުމެއް
ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލާއި އާބަންކޯ އާ ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ 'ރޯޑް ސޭފްޓީ ވޯކް' ގެ ނަމުގައި މިއަދު ހަވީރު ބާއްވާ މި ހިނގާލުމަކީ އެ ކޯޕަރޭޝަނާއި ހުޅުމާލެ ހޮސްޕިޓަލާއި ފުލުހުންނާއި އެޗްޕީއޭގެ އިތުރުން ބައެއް އެހެން އެސްއޯއީތަކުން ބައިވެރިވެގެން ބާއްވާ ހަރަކާތެއް ކަމަށެވެ. މިއަދު ހަވީރު 04:15 ގައި ސިންތެޓިކް ޓްރެކް ސަރަހައްދުން ފެށޭ މި ހަރަކާތް ކުރިއަށް ދާނީ ހަވީރު 6:00 ގެ ނިޔަލަށް ކަމަށް އާބަންކޯއިން ބުނެއެވެ. 

މި އަހަރުގެ ރޯޑް ސޭފްޓީ ސްލޯގަންއަކީ 'ރީތިންކް މޮބިލިޓީ' އެވެ. މި ސްލޯގަންއަކީ ހިނގާބިނގާވެ އުޅުމާއި ސައިކަލް ދުއްވުމާއި ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދި ފަސޭހަ ކަމަކަށް ހެދުން ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްލޯގަންއެކެވެ. 

ރޯޑް ސޭފްޓީ ފާހަގަކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން ހަރަކާތެއް ހިންގަމުން އަންނައިރު، އެ ކޯޕަރޭޝަނުގެ ފަރާތުން އަންނަނީ މިހާރުވެސް ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ޕްލޭންގައި މަގުތައް ތަރައްގީކޮށްފައި ވަނީ ޖާގައިގެ ގޮތުން ތަނަވަސް ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ދުއްވާ އެއްޗިއްސަށްވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ. އޭގެ އިތުރުން މަގުތަކުގައި ބަސް، ބައިސްކަލު އަދި ސައިކަލަށް ލޭންތައް ވަކިކޮށް، ހިނގާ މީހުންނަށް ޕޭމަންޓުތައް ފަސޭހައިން ބޭނުންކުރެވޭނެ މަގު އެ ކޯޕަރޭޝަނުން ހަދާފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް