
ހދ މަކުނުދޫ
މަކުނުދޫގައި ރޯވި ގެއަށް ބޮޑު ގެއްލުމެއް
26 މޭ 2023 - 11:33:41
ހދ މަކުނުދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ރޭ 9:00 އެހާއިރު ރޯވެ ބޮޑުބައެއް އަނދާފައިވަނީ އެރަށު "އަލްފާ" ނަމަކަށް ކިޔާ ގެެއެވެ.
އަލިފާނުގެ ހާދިސާގައި ގޭގެ ބޮޑުބައެއް އަނދާފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ރޯވެ އަނދާފައިވަނީ އަގުބޮޑު ސާމާނުތަކެއް ބަހައްޓާފައި ހުރި ގުދަނަކަށް ބޭނުންކުރާ ތަނެއްގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް