
ރޭ ޗެލްސީއާ ޔުނައިޓެޑު ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑުވަނީ ޓޭބަލްގެ ތިންވަނައަށް އަރާފައެވެ. ބާކީ އެންމެ މެޗެއް އޮތް އިރު އެ މެޗުން ބަލިވިޔަސް ޔުނައިޓެޑު ހަތަރަކުން ނުކަޓާނެއެވެ.
ޔުނައިޓެޑު ޓޭބަލްގެ ތިންވަނައިގަ އޮތީ 37 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގަ ނިއުކާސްލް އޮތީ 37 މެޗުން 70 ޕޮއިންޓާއެކުއެވެ.
ކޮންމެ ޓީމަކަށްވެސް ބާކީ ދެން ލީގުގައި އެއް މެޗު އޮތްއިރު، ގަދަ ހަތަރެއް މިހާރުވަނީ ކަށަވަރުވެފައެވެ. ފަހު މެޗުތަކުގެ ނަތީޖާއިން ބަދަލެއް އަޔަސް އަންނާނީ ހަމަ އެކަނި ތިންވަނައިގަ ޔުނައިޓެޑު ހަތަރަކަށް ވެއްޓި ހަތަރުވަނައިގަ އޮތް ނިއުކާސްލް ތިންވަނައަށް އެރުމެވެ. އެ ނޫން ބަދަލެއް ތާވަލުގެ ގަދަ ހަތަރަކަށް ދެން އަންނާނެ އެއްވެސް ގޮތެއް ނެތެވެ.
އަނެއްކޮޅުން، ޔުނައިޓެޑުން ރޭ މޮޅުވުމުން ލިވަޕޫލަށް ގަދަ ހަތަރެއްގެ ދޮރު ބަންދުވީ އެވެ. އަންނަ ސީޒަނުގައި ލިވަޕޫލް ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.
ރޭ ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ ކަސެމީރޯ މާޝިއަލް ބުރޫނޯ ފެނާންޑޭސް އަދި ރަޝްފޯޑުއެވެ. ބުރޫނޯގެ ލަނޑަކީ ޕެނަލްޓީއެކެވެ. ޗެލްސީގެ ސުން ކަނޑުވާލަދިނީ ރޭ ޔާއޯ ފެލިކްސް އެވެ.