ads
އަލްފާ ގޭގައި ރޭ ރޯވެފައި
މަކުނުދޫ އަލިފާނުގެ ހާދިސާ: މިލިއަނެއްހާ ރުފިޔާގެ ގެއްލުން
ރޭ ހދ މަކުނުދޫ "އަލްފާ" ގޭފައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެރަށު ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެ އެވެ.
Advertisement

ސީއެންއެމްއަށް އައުޒަމް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ ރޭ 7:45 އެހާކަށް ހާއިރު ކަމަށާއި، ހާދިސާ ހިނިގި ވަގުތު ގޭގެ ދިރިއުޅޭ މީހުން ތިބީ ގޭ ތެރޭގައި ކަމަށާއި އަލިފާން ނިއްވުމުގައި އެ ރަށު ކައުންސިލާއި ސިފައިން އަދި އެރަށުގެ ގާއިމްވެ ތިބޭ ފުލުހުނާއި އާންމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގަ ކަމަށާއި، ގުދަނާ އިންވެގެން އެ ގޭގެ ބަދިގެ ހުންނައިރު، މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިން ނެވެ.

އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ގޭގެ ގުދަނަށާއި ބަދިގެއަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

your imageއަލްފާ ގޭގައި ރޭ ރޯވެފައި

ކައުންސިލް ރައީސް އައުޒަމް ވިދާޅުވީ އެގޭ އުޅޭމީހުންނަށްވެސް ފެނުނީ އަލިފާން ރޯވެފަ ހުއްޓާ ކަމަށާއި، އަލިފާން ފުރަތަމަ ރޯވީ އެގޭ ފިހާރައެއްގެ ގޮތުގަ މުދާ ވައްދާފަ ހުރި ބައެއްގަ ކަމަށެވެ.

"ބޮޑަށް ބެލެވެނީ ރޯވީ ކަރަންޓް ސޯޓެއް ވެގެން ކަމަށް. އަލްފާގޭގައި ދިރިއުޅެމުން ދަނީ ޖުމްލަ ހަތަރުމީހުން. އެއީ އޭގޭގެ އުޅޭ ދެމަފިރިންގެ އިތުރުން އެމީހުންގެ ދެ ދަރިން" - އައުޒަމް

އައުޒަމް އިތުރަަށް ވިދާޅުވީ ކައުންސިލަށް މައުލޫމާތު ލިބުމާއެކު އަލްފާ ގޭގައި ދިރިއުޅެމުންދިޔަ ހަތަރުމީހުން ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން އެގެއަކީ އެތައް ޒަމާންވަންދެން އެ އާއިލާ ދިރިއުޅެމުން އައި ގެ ކަމަށާއި، ގޭގައި ވަރަށް ގިނަ މުދާ ތަކެއް ހުރިކަމަށާއި، އަލިފާނުގެ ހާދިސާގެ ސަބަބުން މިލިޔަނެއްހާ ރުފިޔާގެ ގެއްލުން ވެރިފަރާތަށް ލިބިފައިވާ ކަމަށްވެސް އައުޒަމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް